ކޮވިޑުން ރަނގަޅުވި މަނަދޫ އަންހެން މީހާ މަރުވެއްޖެ

އައިޖީއެމްއެޗް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި ނ. މަނަދުއަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ އަންހެން މީހާ މަރުވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ އަންހެން މީހާ މަރުވީ އޭނާއަށް ކުރިމަތިވެފައިވާ އެހެން ސިއްހީ މައްސަލައަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު އައިޖީއެމްއެޗުގައެވެ.

އެ އަންހެން މީހާ ކޮވިޑުން ރަނގަޅުވިކަން ސަރުކާރުން ހާމަކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ނ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ނެގެސް ޓެސްޓްކުރުމުންނެވެ. އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 9 މީހަކު މަނަދޫން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް