އުރީދޫ މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް، މޫލީގައި ވަނީ "އީދު ހަދިޔާ" ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

އީދަށް ހާއްސަކޮށް ތައާރަފް ކުރި މި އައު ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވާލެވޭނެއެވެ.

ހަދިޔާތަކުގެ ތެރެއިން، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސްގެ އާދަޔާހިލާފު މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް"، "ކެރަޓް ކަޕްކޭކްސް" އަދި "ހައިބިސްކަސް ކޭކް"ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯރ އަދި ލިންކް ސާވްއިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުން 'ތަކެތި' ފޮތް ވެސް ހިމެނެ އެވެ.

ޢީދު ހަދިޔާ ފޮނުވުމަށް އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރުމަށްފަހު ކެޓެގަރީތަކުގެ ތެރެއިން އީދު ހަދިޔާ ހިޔާރުކުރާށެވެ. އަދި ބޭނުންވާ ހަދިޔާ ހިޔާރުކުރުމަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރާށެވެ. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހައި، އޯޑަރު ކަށަވަރު ކުރުމަށްޓަކައި ޕޭމަންޓް ކޮންފާމް ކުރުމުން ނިމުނީ އެވެ.

މޫލީ މެދުވެރިކޮށް ޢީދު ހަދިޔާއަށް އޯޑަރުކޮށް ހަދިޔާ ލިބޭ ފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދެވޭނެ އެވެ. ޢީދު ހަދިޔާ ޕެކޭޖްގައި ހަދިޔާއަށް ގަތް އައިޓަމްގެ އިތުރުން އީދު ތަހުނިޔާ ކާޑަކާއެކު މޫލީގެ ސްޓިކާއެއް ހިމެނޭނެ އެވެ.

މޫލީގެ ޕާޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތް ކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށް އުރީދޫއިން ބުނެ އެވެ.

މީގެ އިތުރުން މޫލީ މެދުވެރިކޮށް އީދު ހަދިޔާ ލިބޭ ފަރާތްތަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެރި ފަރާތަކަށް ސެމްސަންގް ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފަ އެވެ.

ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރައްވުމަށްފަހު، ހަދިޔާގެ ފޮޓޯއެއް EidHadhiyaa #DeliveredByMoolee# ޖެހުމަށްފަހު 30 މެއިގެ 23:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

ރާއްޖޭގެ ކޮންމެ ނެޓްވޯކްއަކުންވެސް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމަށް މޫލީއިން މަރުހަބާ ކިޔަ އެވެ.

comment ކޮމެންޓް