ޒޫމްގައި ބޭނުންކޮށްލަން ރާއްޖޭގެ ރީތި ބެކް ގްރައުންޑުތަކެއް ތައާރަފުކޮށްފި

ށ. ވަގަރުގައި ތަރައްގީކުރި ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ބީޗް ވިލާއެއް

ރާއްޖެ އިޝްތިހާރު ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ރީތިކަން ދައްކައިދޭ ވޯލްޕޭޕާ ތަކެއް އެމްއެމްޕީއާރުސީ އިން ތައާރަފުކޮށްފިއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ވޯލްޕޭޕާތައް ތައާރަފު ކުރީ ކޮވިޑް19ގެ ސަބަބުން ލޮކްޑަުންގައި ތިބޭ ހާލަތުގައިވެސް ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯއެއް ފޯނުގެ ނުވަތަ ލެޕްޓޮޕްގެ ބެކްގްރައުންޑަށް ލުމާއި އޮންލައިން މީޓިން ޔަކުގެ ބެކްގްރައުންޑުގައި ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯއެއް ބޭނުންކުރަން ހިތްވަރު ދިނުން ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އެތައް ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރާއިރު ފޭސްޓައިމް، ޒޫމްނުވަތަ އެހެން ވީޑިއޯ ކޮންފަރެންސިން އެޕްލިކޭޝަނެއް ބޭނުން ކުރިނަމަވެސް ވޯލްޕޭޕާ އަކީ ގޭތެރޭގެ މާހައުލު ބަދަލުކޮށްލާނެ އެއްޗެއް ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ރާއްޖޭގެ ރީތިކަން ފެންނަ މި ފޮޓޯތަކާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުން ބޭނުންވާ މީހުންގ ހިތްތަކުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. ޒޫމް ބެކްގްރައުންޑް ނުވަތަ ފޭސްޓައިމް ބެކް ގްރައުންޑުގެ ގޮތުގައި ބޭނުން ކުރުމަށް މި ނެރުނު ފޮޓޯތަކާއެކު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ރާއްޖޭގެ ރީތިކަން ފެންނާނެ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީ އިން ވަނީ ރާއްޖޭގެ ރީތިކަން ދައްކައިދޭ ވާޗުއަލް ޓުއާއެއް އަންނަ މަހުގެ އަށްވަނަ ދުވަހު ބާއްވަން ނިންމައިފައެވެ.

comment ކޮމެންޓް