ޖަޕާނުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ އެހީއެއް

ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނުގެ ފޮރުން މިނިސްޓަރާ ބައްދަލުކުރެއްވުން -- ފޮޓޯ: ޖަޕާން ފޮރިން މިނިސްޓްރީ

ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުން ދިން 21,740,400 ރުފިޔާގެ އެހީގެ ސަބަބުން، ލޮކްޑައުނަށް ފަހު އަލުން ރާއްޖެ ހުޅުވާލާއިިރު ދިވެހި ސަރުކާރަށާއި އޮންޓަޕްރިނިއަރުންނަށް ފައިދާ ކުރާނެ ކަމަށެވެ.

ހަމަ އެއާއެކު އިގްތިސޯދު ޑައިވާސިފައި ކުރުމަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ޔޫއެންޑީޕީގެ އެހީތެރުކަމާ އެކު ހަމަޖެހިގެން ދިޔަ ފަންޑެއް ކަމަށާއި، އެހެންކަމުން ޔޫއެންޑީޕީ އާއި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށް ސިއްހީ ދާއިރާގެ މަސައްކަތްތެރީންގެ އަދަދު އިތުރުކުރުމަށް ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ޖަޕާން ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި މަހުގެ ކުރީކޮޅު ވެސް ޖަޕާން ސަރުކާރުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައެވެ.

އެ އެހީ ބޭނުންކުރާނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް