ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި

ސަން ފައިލް ފޮޓޯ

ކޮވިޑް-19ގެ މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާކުރުމަށް، މިހާރު އޮޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅާނީ [email protected] އަށް ކަމަށެވެ.

އެޕްލިކޭޝަން ފުރިހަމަ ނަމަ، ޕޭމަންޓް ލިންކް އީމެއިލް ކުރާނެ ކަމަށާއި އަދި ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނެގޭނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ވިސާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް މިދިޔަ ހަފްތާގައި ވަނީ ދޫކުރަން ފަށައިފައެވެ.

ފުރަބަންދުގެ މުއްދަތުގައި ވިސާއަށް އެދުމުގެ ފުރުސަތު އަދި ދީފައެއް ނުވެއެވެ.

comment ކޮމެންޓް