ވިއްސާރައިގައި އަޑިއަށްދިޔަ ލޯންޗު ފެންމަތިކޮށްފި

އިއްޔެ ދ. ވިލުރީދް ރިސޯޓުގެ ފަޅުތެރެއަށް އަދިއަށްދިޔަ ލޯންޗު ފެންމަތިކޮށްފައި --- ފޮޓޯ/އެމްއެންޑީއެފް

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި އަޑިއަށް ދިޔަ ލޯންޗެއް އެމްއެންޑީއެފް ކޯސްޓުގާޑުން ފެންމަތިކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ ދ. ވިލުރީފް ރިސޯޓުގެ ފަޅުތެރެއަށް އަޑިއަށް ދިޔަ "ސަންސެޓް 4" ނަމަކަށް ކިޔާ ލޯންޗެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގ ސްކޮޑްރޮންގެ ޑައިވަރުން ކުރި މަސައްކަތުން މިއަދު ފެންމަތިކޮށްފައިވާ ކަމަށެވެ.

މޫސުން ގޯސްވެ، ވައިގެ ގަދަވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި އޮޑިފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަތޯ ބެލުމަށް ވެސް އެމްއެންޑީއެފްއިން އެދިފައިވެ އެވެ.

ރާއްޖެއަށް އިއްޔެއާއި މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ވަނީ ގެއްލުންވެސް ވެފަ އެވެ. އިއްޔެ މާލޭގެ މަގުތަކުގައި ފެންބޮޑުވިއިރު، ވައިބާރުވުމުގެ ސަބަބުން މާލެއާއި ބައެއް ރަށްރަށުގައި ގަސް ވެއްޓުމާއި ފުރާޅު އެއްލައިލުން ފަދަ ހާދިސާތައް ވަނީ ހިނގާފަ އެވެ.

comment ކޮމެންޓް