ރައްކާތެރި ޓޫރިޒަމްގެ އުސޫލަށް ހިޔާލު ހުށަޙަޅަން ހުޅުވާލައިފި

މާޗް 18، 2020: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަތުމަށް ބޭނުންވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" އެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޭނުންވާ ގައިޑްލައިންއެއް ކަމަށެވެ.

އެ ގައިޑްލައިނުގެ ފުރަތަމަ ދެލިކޮޕީ ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައިވާއިރު، މި ގައިޑްލައިންއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓްރީން ބުނީ އެ ގައިޑްލައިންގެ ފައިނަލް ޕޮލިސީ އާންމުކުރާނީ ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާއާއެކުގައި ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލީ މާޗު 27 ވަނަ ދުވަހުގަ އެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ލަފާކުރައްވާފަ އެވެ.

comment ކޮމެންޓް