ޓްރީޓޮޕް ވެންޓިލޭޓަރުގައި އޮތް އެކަކު ނަގައިފި

ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް

ކޮވިޑް19 އަށް ފަރުވާދިނުމަށް ވެންޓިލޭޓަރަށް ލައިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އެކަކު ވެންޓިލޭޓަރުން ނަގައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް ހޮސްޕިޓަލަކަށް ބަދަލުކޮށް އޮޕަރޭޝަން ހިންގަމުންދާއިރު އެ ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދެމުންގޮސް، ހާލު ރަނގަޅުވުމުން ވެންޓިލޭޓަރުން ނަގާފައިވަނީ ބިދޭސީއެކެވެ.

އެނގިފައިވާގޮތުގައި އޭނާއަކީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި ހަތް މީހުންގެ ތެރެއިން މިހާތަނަށް ފެނުނު ފަސްމީހުންގެ ތެރެއިން އެކަކެވެ. އޭނާ ވެންޓިލޭޓަރަށްލައިގެން ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި މިހާރު ފަރުވާދެމުންދަނީ ދެމީހަކަށް ކަމަށާއި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ. އަނެކަކުގެ ހާލު ރަނގަޅުކަމަށް ޑރ. ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވު މީހުންގެ އަދަަދު 1106 އަށް އަރާފައިވާއިރު 74 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

comment ކޮމެންޓް