ކުރެއްދުއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފި

ކުރެއްދޫ އައިލެންޑް ރިސޯޓު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޓުއަރިސްޓަކު، ފުރުވާލި މައްސަލާގައި ކުއްދޫ ރިސޯޓުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް އެ ރިސޯޓް ހިންގާ ކުންފުނިން ފުލުހުންނަށް ބަޔާން ދީފި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްތައް ފެނުނީ މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ. އެ މީހުންގެ ގަޔަށް ވައިރަސް އެރި ކަމަށް ބެލެވުނީ، ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ފުރި ފަހުން ވައިރަހަށް ޕޮޒިޓިވްވިކަން އިނގުނު އިޓަލީ މީހެއްގެ ގައިންނެވެ.

ކޮވިޑަށް އެމީހުން ޕޮޒިޓިވްވިކަން އެނގިހުރެ ފުރުވާލިކަމުގެ ތުުހުމަތުގައި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެމައްސަލާގައި މިއަދު ބަޔާން ދީފައިވާނެ ކަމަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ވަކީލު މުހުތާޒު މުހުސިން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކުރެއްދޫ މައްސަލާގައި ފުލުހުން ކުރަނީ ތިން ތުހުމަތެއް ކަމަށެވެ.

"ކުރެއްދޫ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ވަނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މައްޗަށް ތިން ތުހުމަތެއް ކޮށް ބަޔާން ނަގާފައި. އެދުމަކީ ކަންހިނގާފައިވާ ގޮތް ރަނގަޅަށް ތަހުގީގުކޮށް އިހުމާލުވީ ކޮން ބައެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުން. ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެ." ވަކީލު މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މުހުތާޒު ވިދާޅުވީ ކްރައުން ކުންފުނީގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފައި ވާނެ ކަމަށެވެ. އެއީ ކޮން ތުހުމަތުތަކެއް ކަމެއް މުހުތާޒު ވިދާޅެއް ނުވެ އެވެ.

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ފުރައިގެން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވި އިޓަލީގެ ފަތުރުވެރިޔާ ފުރި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތްކުރާ ޑޮކްޓަރުގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ. އޭނާ ވެސް އެ ބައްޔަށް ޕޮޒިޓިވްވި އެވެ.

comment ކޮމެންޓް