ކޮމެޑީ އެކްޓަރު ފްރޭންކް ވިލާޑް މަރުވެއްޖެ

އެކްޓަރު ފްރޭންކް ވިލާޑް ---

އިމްޕްރޮވް ސްޓައިލް ކޮމެޑީ އެކްޓިން އާ ގުޅިގެން ހޮލީވުޑްގައި 50 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެއް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ފްރޭންކް ވިލާޑް މަރުވެއްޖެ އެވެ.

"އެންކާމޭން" އާއި "ދިސް އިޒް ސްޕައިނަލް ޓެޕް" އަދި "މޮޑާން ފެމިލީ" ފަދަ އުފެއްދުންތަކުން މަގުބޫލުކަން ހޯދާފައިވާ ފްރޭންކް މަރުވި އިރު އޭނާގެ އުމުރަކީ 86 އަހަރެވެ.

ފްރޭންކްގެ އަންހެން ދަރިފުޅު ހޯޕް މަލްބާޖާ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފްރޭންކް ވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި މަރުވެފައި ކަމަށެވެ. އެހެންނަމަވެސް އޭނާ މަރުވި ގޮތުގެ އިތުރު އެއްވެސް މައުލޫމާތެއް ހޯޕް އާންމުކޮށްފައެއް ނުވެއެވެ.

"އެންމެ ފަހު ވަގުތު ޖެހެންދެއްވެސް ބައްޕަ މަސައްކަތް ކުރަމުން ދިޔައީ އެންމެން އުފާ ކޮށް ހިނިތުން ވުމެއް ހޯދައިދިނުމަށް. ބައްޕަގެ ހަނދާން އަބަދުވެސް ކުރާނެ،" ހޯޕް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވިލާޑްގެ މުޅި ފިލްމީ ކެރިއަރުގައިވެސް އޭނާ ލީޑް ރޯލުން ނުވަތަ ސަޕޯޓިން ރޯލަކުން ފެނިފައިވާނީ މަދު ފަހަރަކުއެވެ. އެހެންނަމަވެސް އޭނާ މަގުބޫލު ވެފައިވަނީ ފިލްމުތަކާއި ޝޯތަކުގައި ހާއްސަ ސީނަކުން ފެނިގެންދާ އެކްޓަރެއްގެ ގޮތުގައެވެ. އެ ސީންތަކުން ވިލާޑް ވަނީ އެތައް ބައެއްގެ ލޯބި ހޯދާފައެވެ.

comment ކޮމެންޓް