ވަކީލުކަމުގެ ހުއްދަ ދޫކުރާ ޝަރުތުތަކަށް އަމަލުކުރުން ފަސްކުރަން ހުށަހަޅައިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުމަށް އަމަލުކުރުން ފަސްކުރަން، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު، މުހައްމަދު ނާޒިމެވެ.

ނާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން 1 ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށެވެ.

ނާޒިމްް ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ ކޮވިޑް19 ބައްޔާ ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށް ކަމަށެވެ.

ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަ ކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރެވިފައި ނުވާތީ 300 އަށް ވުރެ ގިނަ ވަކީލުންނަށް އާމްދަނީ ހޯދުމަށް މަސައްކަތް ފެށިފައިނުވާ ކަމަށެވެ.

comment ކޮމެންޓް