ޔުކްރެއިންގައި ވިހޭ 100 އެއްހާ "ސަރޮގޭޓް" ކުދިން މައިންބަފައިންނާ ހަވާލުނުކުރެވިފައި

ސަރޮގޭޓް ކުދިންތައް--

ޔުކްރެއިންގައި ވިހޭ އެހެން ގައުމުތަކުގެ 100 އެއްހާ "ސަރޮގޭޓް" ކުދިން މައިންބަފައިން ގާތަށް ނުދެވި ތާށިވެއްޖެ އެެވެ.

ޓެކްނޮލޮޖީގެ ގޮތުން އައި ކުރިއެރުންތަކާއެކު މިހާރު މާބަނޑުނުވެ، އެހެން މީހެއްގެ ބަނޑުގައި ދަރިއަކު ބޮޑުކޮށްގެން ކުދިން އުފަންކުރެވެ އެެވެ. އެއަށް ކިޔައި އުޅެނީ ސަރޮގޭސީ އެެވެ.

އެގޮތުން ހުޅަނގު ޔޫރަޕްގެ ގިނަ ބަޔަކު މިހާރުވެސް ޔުކްރެއިންގެ ކްލިނިކްތައް މެދުވެރިކޮށް ސަރޮގޭސީ ހަދައެެވެ.

ނަމަަވެސް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ޔުކްރެެއިންގެ ބޯޑަރުތައް އޮތީ އަދިވެސް ބަންދުކޮށްފަ އެވެ. އަދި އެގޮތަށް ބޯޑަރުތައް ބަންދުކޮށްފައި އޮންނަ ނަމަ 1000 އެއްހާ އެފަދަ ކުދިން ތާށިވެދާނެ ކަމަށް ވަނީ ބެެލެވިފަ އެެވެ.

ޔުކްރެއިންގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރު ލައުޑްމިލާ ޑެނިސޯވާ ވިދާޅުވީ ތުއްތު ކުދިންގެ ބެލެނިވެރިން އެކުދިންގެ ގާތަށް ގެންދިއުމަށްޓަކައި މިހާރު އެގައުމުގެ ފޮރިން މިނިސްޓްރީއާ ވާހަަކަ ދައްކަމުންދާ ކަމަށެވެެ. އެކަމަށްޓަކައި ހާއްސަ ހުއްދައެއްގެ ދަށުން މައިންބަފައިންނަށް ގައުމަށް ވަނަދޭން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔުކްރެއިންގެ ދަރިމައިވުމުގެ ކްލިނިކެއް ކަމަށްވާ ބަޔޯޓެކްސްކޮމްއިން އާންމުކުރި ވީޑިއޯ ކްލިޕެއްގައި ބުނީ މިހާރުވެސް 46 ތުއްތުކުދިން އެގައުމުގެ ވެރިރަށް ވެނިސްގައި ހުންނަ ހޮޓަލުގައި ބަލަހައްޓަމުންދާ ކަމަށެެވެ.

އެ ކްލިޕާއެކު "ސަރޮގޭސީ"ގެ "އެތިކަލް" ކަމާމެދު އެގައުމުގެ ބައެއް ރައްޔިތުން މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ހިއުމަން ރައިޓްސް އެކްޓިވިސްޓުންނާއި އޮފިޝަލުން ދަނީ އެކަން މަނާކުރަން ގޮވާލަމުންނެވެ.

ސަރުގޯސީގެ ވިޔަފާރި ހުއްދަކޮށްފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ޔުކްރެއިން ހިމެނެ އެެވެ. އެގައުމުގެ ކްލިނިކްތަކުން އެ ހިދުމަތް ދެނީވެސް ވާދަވެރި އަގުތަކެއްގަ އެެެވެ. އޭޝިއާގެ ގިނަ ގައުމުތަކެއްގައި ސަރޮގޯސީގެ ވިޔަފާރި މަނާކުރުމުން، 2015 ވަނަ އަހަރު ޔުކްރެއިންގެ ކްލިނިކްތަކަށް އޮންނަ ޑިމާންޑްވަނީ ވަރަށް ބޮޑަށް މަތިވެސްވެފަ އެވެ. -- ސީއެންއެން

comment ކޮމެންޓް