ރާއްޖޭގައި ތިބި ތައިލެންޑުގެ އިތުރު 148 މީހަކު ފުރުވާލައިފި

ތައިލެންޑް ރައްޔިތުން އެނބުރި ގައުމަށް --- ފޮޓޯ: ތައި ކޮންސިއުލޭޓް

ރާޢްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު އެނބުރި ގައުމަށް ފުރުވާލައިފައެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑް ކޮންސިއުލޭޓުން ބުނީ މިއީ ރާއްޖޭގައި ތިބި ތައިލެންޑް މީހުން އެނބުރި ގައުމަށް ފޮނުވުމަށް ބާއްވާ ތިންވަނަ ފްލައިޓު ކަމަށެވެ.

އިތުރު ފްލައިޓެއް އަދި ބާއްވާނެކަން ހާމަކޮށް ކޮންސިއުލޭޓުން ބުނީ ތައިލެންޑަށް އެނބުރިދާން ބޭނުންވާ އެގައުމުގެެ ރައްޔިތުންނަށް މިއަދުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ތައިލެންޑް ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައިވަނީ މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއްގައެވެ.

މޯލްޑިވިއަން އިން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ރެސްކިޔު ފްލައިޓުތައް ވަނީ ބާއްވައިފަ އެވެ. އެގޮތުން ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއި ފަތުރުވެރިން ގެންދިޔުމަށް އެކި ފަހަރު މަތިން ފްލައިޓުތައް ބާއްވާފައިވެ އެވެ.

comment ކޮމެންޓް