ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމަށް ބުނާ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި

މާލޭ ޖަލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމަށް ބުނާ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިރޭ ބުނީ އެއްވެސް ގައިދީއެއްގެ ފަރާތުން ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމުގެ ޝަކުވާއެއް އެ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ.

"ޖަލުގައި ފުޅައަޅާފައިވާ ކާނާ ދޭ ކަމަށް ބުނެ މީޑިއާގައި ފަތުރާ ވީޑިއޯއަކީ މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ގޮޅި ތެރޭގައި ކާއެއްޗެހި ކުނި ވަންދެން ގިނަ ދުވަހު ފޮރުވައިގެން ނަގާފައިވާ ވީޑިއޯއެއް." ހޯމް މިނިސްޓްރީން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން ގައިދީންނާ ވެސް ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މިފަދަ ކަމެއް ހިނގިތޯ އިތުރަށް ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ވެސް ހޯމް މިނިސްޓްރީން މިހާރު ވަނީ އެދިފަ އެވެ.

comment ކޮމެންޓް