ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެ

ރޭ ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ ހޭނެތިގެން މަގުމައްޗަށް ވެއްޓިފައި --

މާލޭގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ޗާންދަނީ މަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި މާރާމާރީއެެއް ހިނގައިގެން އުޅޭ ކަމުގެ މައުލުމާތު ރޭ ދަންވަރު 1:54ގައި ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދިނުމުގެ ސަބަބުން އެކަކަށް ޒަހަމްވި ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ގެއިން ނުކުމެގެން ދަނިކޮށް، އަނބުރައިގަނެގެން ވެއްޓި، ފުލުހުންގެ ވެހިކަލެއްގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީއާ ގުޅިގެން ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ

comment ކޮމެންޓް