ރަޝިއާއިން ޖަރުމަނުގެ ޕާލިމެންޓުގައި ހުރި ކޮމްޕިއުޓަރުތައް ހެކްކުރި ކަމުގެ ހެކި އެބަހުރި: މާކެލް

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް -- ފޮޓޯ: ގެޓީ

ބާލިން (މެއި 15): ޖަރުމަނުގެ ޕާލިމެންޓުގައި ހުރި ކޮމްޕިއުޓަރުތަކެއް 2015 ވަނަ އަހަރު ހެކް ކުރުމުގެ ފަހަތުގައި ވަނީ ރަޝިއާކަން ސާބިތުކޮށްދޭ ހެކި އެބަހުރި ކަމަށް އެގައުމުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

މާކެލް އެފަދައިން ވިދާޅުވީ ޖަރުމަނުގެ ޕާލިމެންޓަށް 2015 ވަނަ އަހަރު ދިން ސައިބާ ހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިއާގެ އަސްކަރީ ޖާސޫސީ ޔުނިޓު (ޖީއާރުޔޫ) ކަމަށް ޖަރުމަނުގެ މެގަޒިންއަކުން ރިޕޯޓު ކުރި ފަހުންނެވެ. އަދި އެ ހެކަރުން ވަނީ 16 ގިގަބައިޓްގެ މައުލޫމާތު ވަގަށް ނަގާފައި ކަމަށާއި އޭގެ ތެރޭގައި މާކެލްގެ ޕާލިމެންޓަރީ އޮފީހުގެ ކޮމްޕިއުޓަރަކުން އޭނާގެ އީމެއިލްތައް ކޮޕީކުރުން ވެސް ހިމެނޭ ކަމަށް އެ މެގަޒިންގައިވެ އެވެ.

"އަޅުގަނޑު ކޮންމެ ދުވަހަކު މަސައްކަތް ކުރަނީ ރަޝިއާއާ ރަނގަޅު ގުޅުމެއް ބަދަހި ކުރަން. ނަމަވެސް ރަޝިއާގެ ބާރުތަކުން މިފަދަ ކަންތައް ކުރާ ކަމުގެ ހެކި އެބަހުރި،" އެ ރިޕޯޓާ ބެހޭ ގޮތުން މާކެލް ވިދާޅުވި އެވެ.

ދެހާސްސޯޅަ ވަނަ އަހަރު ޖަރުމަނުގެ ޖާސޫސީ އިދާރާއިން ވަނީ އެގައުމުގެ ޕާލިމެންޓަށް ދިން ސައިބާއެޓޭކްތަކުގެ ފަހަތުގައި ވަނީ ރަޝިއާ ސަރުކާރަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ހެކަރުންގެ ގުރޫޕެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ތުހުމަތުތަކަށް ރައްދު ދެމުން މީގެ ދެ އަހަރު ކުރިން ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުން ޖަރުމަނުގެ ޕާލިމެންޓަށް ވަނީ އެންމެ ފަހަރަކު ކަމަށާއި އެއީ 1945ގައި އޭރު އޮތް ހިޓްލަރުގެ ސަރުކާރުން ގައުމު ސަލާމަތް ކުރުމަށް ކަމަށް ބުނެފަ އެވެ.

މާކެލް ވަނީ އެ މައްސަލައިގައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ހައްގު ޖަރުމަނަށް ލިބިގެންވާ ކަމަށް ވިދާޅުވެ އެގައުމަށް އިންޒާރު ދެއްވާފަ އެވެ.

comment ކޮމެންޓް