ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑްގެ ޝޫޓިން ހޫނު މޫސުމުގައި

ފްރެންޑްސް ގެ ކާސްޓު---

ގިނަ ބަޔަކަށް އަދިވެސް ކަމުދާ ޓީވީ ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ގެނެސްދޭނެ ކަމުގެ އުފާވެރި ޚަބަރު މީގެ ކުރިން އެޗްބީއޯ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން އެޕިސޯޑްގެ މަސައްކަތް ފަސްކުރިނަމަވެސް ފަހުގެ އަޕްޑޭޓްތައް ބުނާގޮތުގައި ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑްގެ ޝޫޓިން މިއަހަރުގެ ހޫނު މޫސުމުގެ ފަހުކޮޅު ފެށޭނެއެވެ. މިއަހަރުގެ ހޫނު މޫސުމަކީ ޖޫން 21 އިން ސެޕްޓެމްބަރު 22 އަށެވެ. ބެލެވޭގޮތުގައި ފްރެންޑްގެ ރީޔޫނިއަން އެޕިސޯޑްގެ ޝޫޓިން ފެށޭވަރުވާނީ ސެޕްޓެމްބަރު މަހުގައެވެ. ޕްރޮޑަކްޝަން ޓީމުން ބުނީ އެ އެޕިސޯޑްގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރާކަމަށެވެ. އެއަށްވުރެ އަވަހަށް ޝޫޓިން ފެށޭ ހާލަތެއް އަތުވެއްޖެނަމަ ޝޫޓްކުރުމަށް ތައްޔާރަށް ތިބިކަމަށްވެސް ޓީމުން ބުނެއެވެ.

ޝޯގެ ލީޑް އެކްޓަރުން ކަމަށްވާ ޖެނިފާ އެނިސްޓަންއާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެޓް ލެބްލާންކް އާއި މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ، އެންމެން އެކީގައި މިދިޔަ އަހަރު ނެގި ސެލްފީއަކާއެކުގައި ފްރެންޑްސްގެ ރިޔޫނިއަންއެއް ހަދަން އުޅުމުގެ އަޑުތަކެއް ފެތުރެން ފެށިއެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެއެވެ.

އެތައް ހާސް ބަޔަކު އަދިވެސް ބަލާ އެ ޝޯ ނިމިފައިވަނީ މީގެ 16 އަހަރު ކުރީންނެވެ. ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައިވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް