ސަނީގެ "ދާމިނީ" ގެ ރިމޭކެއް

ސަނީ ޑިއޯލް އާއި ޝާހްރުކް---

ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ދާމިނީ"ގެ ރީމޭކެއް ހަދަން ނިންމައިފިއެވެ.

ފިލްމު ރީމޭކެއް ހަދަން ނިންމިއިރު ފިލްމުގެ ރައިޓްސް އޮތީ ސަނީ ޑިއޯލް އާއި މައްސަލަޖެހުނު ޝާހްރުކްޚާން އަތުގައެވެ. ފިލްމު "ޑަރް"ގެ ސެޓުގައި ދެމީހުން މައްސަލަޖެހުނުއިރު "ދާމިނީ"ގެ ޕްރޮޑިއުސަރުންނަކީ ޝާހްރުކްގެ ވަރަށް ގާތް އެކުވެރިއެއްކަމަށްވާ އަލީ އާއި ކަރީމް މޮރާނީ އެވެ. އެހެންކަމުން އެ ފިލްމުގެ ރީމޭކެއް ހެދުމަކީ ނުވާނެ ކަމެއްކަމަށް އޭރު ސަނީ ދެކުނެވެ.

ނަމަވެސް މަންޒަރު ބަދަލުވެގެންދިޔައީ "ދާމިނީ"ގެ ރީމޭކެއް ހަދަން އުޅޭކަމުގެ އަޑު ޝާހުއަށް އިވުމުން އޭނާ އަމިއްލައަށް އިސްނަގައިގެން އޭނާ ވަނީ ސަނީ ދިރިއުޅޭ ގެއަށް ގޮސް ފިލްމުގެ ރައިޓްސް އެއްވެސް ޝަރުތަކާ ނުލައި ސަނީ އަށް ދީފައެވެ.

"ދާމިނީ" އަކީ ގޭގައި ގެންގުޅޭ ނޯކަރަކު ރޭޕްކޮށްލުމުން އޭނާއަށް އިންސާފު ހޯދައިދިނުމަށް ދާމިނީ ކިޔާ އަންހެނަކު ކުރާ މަސައްކަތުގެ ތެރެގައި ދިވާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމެކެވެ.

comment ކޮމެންޓް