ހުޅުމާލޭ ޖަލުން 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ

ސަން ފޮޓޯ: ފަޔާޒު މޫސާ

ޖަލުގައި ބަލި އެދުގައި އޮތް އުމުރުން 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ އެވެ.

ގައިދީ މަރުވެފައިވާކަން ޔަގީންކޮށްދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުއްހަދުފުޅު މިއަދު ފަތިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައިދީ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޮންނަ ޕްރޮޓޯކޯލްގެ ދަށުން އެކަން ހިއުމަންރައިޓްސް ކޮމިޝަނަށާއި ފުލުހުނަށް މިހާރު އަންގާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮރޯނާވައިރަސް ރާއްޖޭގައިވެސް ހަލުވި ކަމާއެކު ފެތުރެމުން ދާތީ އުމުރުން ދުވަސްވީ މީހުންނާއި ބަލި ފެތުރުމުގެ ރިސްކް ހައި ތަންތަނުން މަރުވާ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އެވެ.

comment ކޮމެންޓް