"ލޫސިފާ"ގެ ފަހު ސީޒަން މި އަހަރު

ލޫސިފާ ގެ ޕޯސްޓަރެއް---

ނެޓްފްލިކްސްގެ އޮރިޖިން ސީރީޒް ލޫސިފާގެ ފަހު ސީޒަން (ސީޒަން ފަހެއް) މިއަހަރު ނެޓްފްލިކްސް އިން ސްޓްރީމްކުރާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ލޫސިފާގެ ހަތަރު ވަނަ ސީޒަން މިދިޔަ އަހަރު ދެއްކިއިރު ލޫސިފާ އަކީ މިދިޔަ އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒްވެސްމެއެވެ. ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ލޫސިފާގެ ފަހު ސީޒަން ނެޓްފްލިކްސްއިން ސްޓްރީމްކުރާނީ މިއަހަރު އިރުވައި މޫސުމުގައެވެ.

ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ލޫސިފާ ވަނީ ހަތަރުވަނަ ސީޒަނަކާއެކު އެނބުރި އައިސްފައެވެ. ލޫސިފާގެ ފަސް ވަނަ ސީޒަންގެ އޮފިޝަލް ޓްރެއިލާއެއް އަދި ރަސްމީކޮށް ދައްކާލައިފައެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުގައި ފަސްވަނަ ސީޒަންގެ ޓްރެއިލާ ނުކުންނާނީ ޖޫން މަސްތެރޭގައި ކަމަށެވެ. މި ސީޒަނުގައި ޖުމްލަ 16 އެޕިސޯޑު ހިމެނޭނެއެވެ.

comment ކޮމެންޓް