ހާލަތު ގޯސްވާއިރު، ބްރެޒިލްގެ ރައީސް ބިރެއް ނެތި މަޖާކުރަނީ

ބްރެޒިލްގައި ރައީސް ޖެޓް ސްކީއެއްގައި ބާބެކިއުގައި ބައިވެރިވަނީ--

ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅު ބިރެއްނެތި ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯ ފްލޯޓިން ބާބެކިއުއެއްގައި ބައިވެރިވެއްޖެއެވެ.

ބޮލްސޮނާރޯ ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަކީ މާބޮޑު ބައްޔެއް ނޫނެވެ. ބިރެއްނެތި އަމަނިކުފާނު މިހާރުވެސް އެކި ތަންތަނަށް ވަޑައިގެން ސަލާމް ކުރައްވައެެވެ.

ބްރެޒިލްގެ ރައީސް ކުރިން ނިންމާފައި އޮތީ 30 މީހުންނާއެކު ބްރެޒިލްގެ ރިޔާސީ ގަނޑުވަރުގައި ބާބެކިއުއެއް ބާއްވާށެވެ. ނަމަވެސް އެކަން އިއުލާންކުރިތާ އަނެއް ދުވަހު އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެކަން ކެންސަލްކުރިއެވެ. ބާބެކިއު ގަނޑުވަރުގައި ބޭއްވުމަކީ ބްރެޒިލްގެ ހެލްތު މިނިސްޓްރީގެ ޕްރޮޓޯކޯލާވެސް ހިލާފު ކަމެކެވެ.

އޭގެ ބަދަލުގައި ބޮލްސޮނާރޯ ހިޔާރުކުރެއްވީ ޖެޓް ސްކީއެއްގައި ގޮސް ފްލޯޓިން ބާބެކިއުއްގައި ބައިވެރިވުމަށެެވެ.

" 70 ޕަސެންޓް މީހުންނަށް ބަލިޖެހޭނެ. އޭގައި ކުރެވޭނެ ކަމެއް ނެތް. އެއީ މޮޔަކަމެއް" ބާބެކިއުގައި ބައިވެރިވެ ރައީސް ވިދާޅުވިއެވެ.

ބާބެިކިއުއެއްގައި އެމަނިކުފާނު ބައިވެރިވިއިރު ކޮވިޑްގައި މަރުވި މީހުންގެ އަދަދު 10،000 އިން މައްޗަށް ވަނީ އަރައިފައެެވެ. އަދި 150،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ބޮލްސޮނާރޯ ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަކީ މާބޮޑު ބައްޔެއް ނޫނެވެ. ބިރެއްނެތި އަމަނިކުފާނު މިހާރުވެސް އެކި ތަންތަނަށް ވަޑައިގެން ސަލާމް ކުރައްވައެެވެ. ބްރެޒިލްގެ ރައީސްއާ ހިޔާލު ތަފާތުވެ ހެލްތު މިނިސްޓަރުވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެެ.

އެމަނިކުފާނު ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ސްޓާފުންނާއި ބައްދަލުނުކުރައްވާއިރު އެއްވެސް ހޮސްޕިޓަލަަކަށް ޒިޔާރަތް ނުކުރައްވައެވެ. އަދި ބަލީގައި މަރުވި އެއްވެސް މީހެއްގެ އާއިލާއާއެކު ބައްދަލުކުރައްވާފައެއް ނުވެއެވެެ.

ގާޑިއަން

comment ކޮމެންޓް