އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް މީޓަރު ރީޑިން ފޮނުވޭނެ

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އެޕްލިކޭޝަން މެދުވެރިކޮށް ފެން މީޓަރު ރީޑިން ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މީޓަރު ރީޑިން ފޮނުވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ކަސްޓަމަރުންގެ ފޯނަށް އެމްޑަބްލިއުއެސްސީ އިން ނޮޓިފިކޭޝަނެއް ފޮނުވުމުން މީޓަރު ނަންބަރު އެނގޭގޮތަށް، މީޓަރު ރީޑިންގެ ފޮޓޯ އެއް ފޮނުވުމަށް އެދޭ ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ. އެ ފޮޓޯ ފޮނުވަން ބޭނުންކުރަންޖެހޭނީ އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަނެވެ.

މީޓަރުގެ ރީޑިން ފޮނުވަން ޖެހޭނަމަ، އެކަން އެނގޭ ނޮޓިފިކޭޝަނެއް އެޕްލިކޭޝަން އިން ފެންނާނެއެވެ. މީޓަރުގެ ފޮޓޯ ނަގަން ހާއްސަ އޮޕްޝަނެއް ހިމަނާފައިވާއިރު ނަންބަރުތައް އެނގޭނެހެން ސާފުކޮށް ފޮޓޯ ނަގަން އެމްޑަބްލިއުއެސްސީ އިން އިލްތިމާސް ކުރެ އެވެ.

ބިލު ހަދަައި ނިމުމުންް ކަސްޓަމަަރަށް ނޮޓިފިކޭޝަންއެއް ދާނެ އެވެ. އެމްޑަބްލިއުއެސްސީ އެޕް އަދި ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު ފެންބިލުވެސް ދައްކައިލެވޭނެ އެވެ.

ކޮވިޑް19ގެ ހާލަތުގައި މީޓަރު ރީޑިން ނަގަން ދިޔުމާއި ބިލު ހަވާލު ކުރުން ވަނީ މެދުކަނޑާލައިފަ އެވެ. މިދިޔަ މަހު އެމްޑަބްލިއުއެސްސީ އިން އެދުނީ ވެބްސައިޓު މެދުވެރިކޮށް މީޓަރުގެ ފޮޓޯ އެއް ފޮނުވުމަށެވެ.

comment ކޮމެންޓް