ސްވިޑަން: ތަފާތު ގައުމެއް، ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް

ސްވީޑަންގެ ރެސްޓޯރެންޓަކައި ބަޔަކު--

ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމުތަކެއް ކަހަލަ ގޮތަކަށް ބަލި ކޮންޓްރޯލްކުރަން ހިޔާރުކުރީ ލޮކްޑައުން ކުރުމެވެ. އޮސްޓްރޭލިއާ، ޗައިނާ، ޔޫރަޕް، މެދުއިރުމަތުން ފެށިގެން އެމެރިކާ ވެސް ހިނގީ އެމަގުންނެވެ. ނަމަވެސް ބަލި ކޮންޓްރޯލްވެ ގައުމުތައް ހުުޅުވާލުމުން ދެވަނަ ފޭސްއެއްގެ ބިރު އަދި ވެސް އެބައޮތެވެ. ބަލި އެންމެ ފުރަތަމަ ފެތުރެެން ފެށި ކަމަށް އަޑުފެތުރިފައިވާ ޗައިނާގެ ވޫހާންއިން ބަލި އެއްކޮށް ނައްތާލައިފައި ވަނިކޮށް ބަލި އަލުން ވަނީ ފެންނަން ފަށައިފަ އެވެ.

ނަމަވެސް ދެވަނަ ފޭސްއެއްގައި ވައިރަސްގެ ބިރުމާބޮޑު ނުވާނެކަމަށް ސްވީޑަންގެ އެޕިޑެމިއޮލޮޖިސްޓް އެންޑާސް ޓެގްނަލް ވިދާޅުވި އެެވެ. ސްވީޑަން މިހާތަނަށް ލޮކްޑައުން ނުކޮށް އޮތީ އޭނާގެ ފުރިހަމަ ލަފަޔާ އިރުޝާދުގެ ދަށުންނެވެ.

އެންޑިއާސް ވިދާޅުވާ ގޮތުން ނަމަ މިމަސް ނިމޭއިރު ސްވީޑަންގެ ވެރިރަށް ސްޓޮކްހޯމްގެ 40 ޕަސެންޓް އޮންނާނީ ބައްޔަށް އިމިޔުންވެފަ އެވެ.

"ހަރީފް މޫސުން އަންނައިރު ކޮރޯނާގެ ދެވަނަ އައުޓް ބްރޭކެއް އަތުވެދާނެ. އެހެންނަމަވެސް ބަލި ޖެހޭ މީހުން މަދުވާނެ. އެކަމަކު އަވަށްޓެރި ފިންލެންޑުން ގިނަ ބަޔަކަށް ބަލިޖެހޭނެ. ދެން އަނެއްކާ ވެސް ފިންލެންޑުން ލޮކްޑައުންކުރާނީ؟" އެންޑާސް ވިދާޅުވި އެވެ.

މުޅި ޔޫރަޕްގައި ވެސް ސްވީޑަންއަކީ މި ދުވަސްވަރު އެންމެ "މިނިވަން" ގައުމެވެެ. ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ސެކެންޑްރީ އަދި ޕްރައިމަރީ ސްކޫލްތައް ކުރިއެކޭ ވެސް އެއްގޮތަށް އޮތީ ހުޅުވައިފަ އެވެ. ފަންސާސްއަށް ވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވޭ އިރު ހަމައެކަނި ގައިދުރުވާން އިލްތިމާސްކުރުން ނޫން ކަމެއް އެގައުމުން ނުކުރެ އެވެ.

ނޯޑިކް އެހެން ގައުމުތަކާ އަޅާބަލާއިރު ސްވީޑަންގައި ކޮރޯނާއާ އެކު މަރުވި މީހުން ނިސްބަތުން މާބޮަޑަށް ވެސް ގިނައަ އެވެ. ނޯވޭ، ފިންލޭންޑް އަދި ނޯވޭއިން މަރުވި މީހުން 1000 އަށް ވުރެ ދަށް ނަމަވެސް ސްވީޑަންއިން 3040 މީހުން ވަނީ މަރުވެފަ އެވެ.

އެޕިޑޮމޮލިިޖިސްޓް އެންޑިއާސް ވިދާޅުވީ ކޮރޯނާއަށް އެޅި ޕޮލިސީތައް އެހެން ގައުމުތަކަށް ވުރެ ކާމިޔާބުތޯ އެނގޭނީ އަހަރެއް ފަހުން ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްވިޑަންް ލޮކްޑައުން ކުރަން ނުނިންމީ ހުރިހާ ނަޒަރަކުން ވެސް ބެލުމަށް ފަހު ކޮންމެވެސް ވަރަކަށް "ނޯމަލް" ކޮށް އުޅެވޭނެގޮތަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސްވީޑަން މީހުން އެ ގައުމުގެ ސިއްހީ ދާއިރާއަށް އޮންނަ އިތުބާރުބޮޑުވެ އެންޑިއާސްގެ ސްޓެރެޓީޖީއާ އެކު އޭނާގެ މަގުބޫލުކަން ސްވިޑަންގައި އިންތިހާއަށް މައްޗަށް ވަނީ ގޮސްފަ އެވެެ. އޭނާގެ ސްޓެރެޓެޖީއާ މެދު ވަރަށް ފާޅުގައި ވަނީ ވާޙަކަ ދައްކަވައިފަ އެވެ. އެކަމަކީ ގިނަ މީހުންނަށް އެހާ ފަސޭހައިން ގަބޫލުކުރެވޭ ކަމަކަށް ނުވާއިރު، އެއް ސުވާލަކަށް އޭނާ ވަނީ އެތައް ސަތޭކަ ފަހަރު ޖަވާބުދެއްވައިފަ އެވެ.

އެންޑިއާސްއަކީ މިހާރު މުޅި ސްވިޑަންގައި "ހީރޯ" އެކެވެ. އޭނާއަށް އޮންނަ ލޯބި ބޮޑުވެ އެންޑިއާސްއާ ގުޅޭ ޓެޓޫތައް ވެސް މީހުން މިހާރު ޖަހަ އެވެ. ނަމަވެސް އެންޑިއާސް ވިދާޅުވާ ގޮތުން ނަމަ ބޮޑުވަރެވެ. ދާދި ފަހުން ފެޝަން މަޖައްލާއަކުން އެންޑިއާސްގެ ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލްއާ ގުޅޭ ގޮތުން ގެނެސްދިން ސެގްމަންޓްވީ އޭނާގެ ދަރިންނަށް ބޮޑު ޖޯކަކަށެވެ.

އެންޑިއާސްގެ ނަޒަރުގައި ލޮކްޑައުން ކުރަން ސައިންޓިފިކް ބޭސިސްއެއް ނެތެވެ. ހާއްސަކޮށް ސްކޫލްތައް ބަންދުކުރުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ކުޑަކުދިންގެ ފަރާތުން ބަލި ފެތުރޭކަމުގެ ހެއްކެއް ނެތް ކަމަށެވެ.

ސްވީޑަންގެ ޕަބްލިކް ހެލްތު އޭޖެންސީ އިން ހެދި މެތެމެޑިކަލް މޮޑެލްއެއްގައި ބުނީ މިމަސް ފެށުނު އިރު ވެރިރަށް ސްޓޮކްހޯމްގެ ތިން ބައިކުޅަ އެއްބައި މީހުންގެ ވައިރަސް ހުރި ކަމަށެވެ. އަދި ސްޓޮކްހޯމްގައި ބަލި ފެތުރޭ މިންބަރު ދަށްވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ނޯވޭގެ ވެރިރަށް އޮސްލޯގައި އިންފެކްޓްވެފައި ވަނީ އެންމެ ދެ ޕަސެންޓެވެ.

ސްވީޑަންގެ އެޕިޑޮމޮލިިޖިސްޓް އެންޑިއާސް ޓެގްނެލް--

ވައިރަސްއަށް ކިހާ ދުވަހަކު އިމިޔުންވެދާނެކަމާ މެދު އެންޑިއާސްއަސް ވެސް ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމުގޮތެއްގައި އާބާދީގެ 80 ޕަސެންޓަށް ބަލި ޖެހި ހާޑް އިމިއުނިޓީއަށް ދިއުމުން ބަލި ފެތުރުން ހުއްޓެ އެެވެ. ނަަމަވެސް ސްވީޑަން ހާޑް އިމިއުނިޓީއަށް ދެވިދާނެކަން އޭނާއަށް ޝައްކެވެެ.

ގިނަ ގައުމުތަކުން މިހާރު ވެސް ބުނަމުންދަނީ އެ ބަލި ކޮންޓްރޯލް ކުރެވޭނީ ވެކްސިނެއް ލިބުމުން ކަމަށެވެ. ނަަމަވެސް އެންޑިއާސް ވިދާޅުވީ ވެކްސިނެއް ލިބެން އެތަކެއް އަހަރެއް ވެސް ނަގައިފާނެ ކަމަށާއި އަދި ވެކްސިނަށް އިންތިޒާރުކޮށްގެން ތިބުމަކީ ގޯހެއްކަމަށެވެ.

"އަދި ނޭނގޭ އެ ވެކްސިނަކީ އަދި ރަނގަޅު ވެކްސިނަކަށް ވާނެކަމެއް" އޭނާ ވިދާޅުވި އެވެ.

އެންޑިއާސް ވިދާޅުވީ ސްވިޑަންގެ ސްޓްރެޓެޖީއާކު އެތަކެއް މަސް ނުވަތަ އަހަރުތަކެއް ވަންދެން ވެސް މާބޮޑު ބަދަލުތަކެއް ނައިސް އުޅެވިދާނެ ކަމަށެެވެ.

ޔޫރަޕްގެ ގައުމުތައް މަޑުމަޑުން ހުޅުވާލަން މަސައްކަތް ކުރަމުންދާއިރު ބަލި ފެތުރުން ހުއްޓުވޭނެގޮތްތަކާ މެދު ވަނީ ބޮޑު ގޮންޖެހުމަކަށް ގޮސްފަ އެެވެ.

ސްވީޑަންގެ ސިޔާސަތުތަކަށް އެންމެން ލޯ އަމާޒުވެފައިވާއިރު އެގައުމަށް އެހެން ގައުމުތަކުގެ ފާޑުކިޔުން ވަނީ ވަަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި މުސްކުޅިން ބަލަހައްޓާ ތަންތަނުން ގިނަ ބަޔަކު މަރުވުމުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަމަށް އެހެން ގައުމުތަކުން ބުނެ އެވެ.

އެންޑިއާސް ވިދާޅުވީ ނޯޑިކް އެހެން ގައުމުތަކާއި ޖަރުމަނު ފަދަ ގައުމުތަކަށް ވުރެ ސްވީޑަންއިން ގިނަ މީހުން މަރުވީ މުސްކުޅިން ބަލަހައްޓާ ތަންތަނުގައި މާބޮޑަށް ބަލި ފެތުރުމުން ކަމަށެެވެ. އަދި އެކަމާ މެދު ހިތާމަކުރާ ކަމަށާއި އެކަން ތަހުގީގް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޯޑިކް އެހެން ގައުމުތަކޭ އެއްފަދައިން ސްވީޑަންގެ މުސްކުޅިން ބަލަހައްޓާ ތަންތަނުގައި އުޅެނީ ވަރަށް ދުވަސްވީ މީހުންނާއި ވަރަށް ބަލި މީހުން. އެތަންތަނުގެ ހިދުމަތްތައް ދޭގޮތުން ކަމަކު ނުދޭ. ކޮލެޓީއެއް ނެތް. އެހެންވެ އެހާ ގިނަ ބަޔަކަށް ބަލި ޖެހުނީ." އެންޑިއާސް ވިދާޅުވި އެވެ.

ފައިނޭންޝިއަލް ޓައިމްސް

comment ކޮމެންޓް