އެމާ ސްޓޯން ކައިވެނިކުރީތަ؟

އެމާ އާއި ޑޭވް---

އޮސްކާ އެވޯޑު ހޯދާފައިވާ ބަތަލާ އެމާ ސްޓޯން 31، ކައިވެނިކޮށްފި ކަމަށް ހަބަރު ފެތުރެން ފަށައިފި އެވެ.

އެމާ މިދިޔަ އަހަރު އޭނާގެ ލޯބިވެރިޔާ ޑޭވް މެކޭރީ 34، އާ ވަނީ އެންގޭޖްވެސްވެފައެވެ. އެދެމީހުން އެންގޭޖްވެފައިވަނީ ލޯބީގެ ގޮތުން ދެ އަހަރު ދުވަސް އުޅުމަށްފަހު އެވެ. އެމާ ކައިވެނިކުރިކަމަށް އަޑު ފެތުރުނީ ޔޫޓިއުބް ޗެނެލް "ހެލޯ ސައިންޝައިން" ގައި އެމާ މެހުމާނެއްގެ ގޮތުގައި ބައިވެރިވިއިރު އެންގޭޖްމަންޓް އަނގޮޓީގެ ބަދަލުގައި ވެޑިން ބޭންޑު (ރަން އަގޮނޓި) އަޅައިގެން އިންތަން ފެނުމުންނެވެ.

ޚަބަރުތައް ބުނާގޮތުގައި އެމާ އާއި އޭނާގެ ލޯބިވެރިޔާ ސިއްރިއްޔާތުގައި ކައިވެނިކުރީ މިދިޔަ މާޗު މަސްތެރޭގައި ކަމަށެވެ. އަދި ކޮވިޑް19 ގެ ސަބަބުން އެދެމީހުންގެ ކައިވެނި ހަފްލާ ކެންސަލްވީ ކަމަށެވެ.

ޑޭވް އާ އެމާ އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރުއެވެ. އެދެމީހުން އެއްކޮށް އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު ނިއު ޔޯކްގަ އެވެ.

comment ކޮމެންޓް