ބިދޭސީއެއްގެ އަތުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ހޯދައިފި

އަތުލައިގަތް ފައިސާތައް-- ފޮޓޯ: ފުލުހުން

ބިދޭސީއެއްގެ އަތުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. ކުނބުރުދޫގައި މަސައްކަތް ކުރާ ބިދޭސީއެއްގެ އަތުން 30،000 ރުފިޔާ ގެއްލުނު މައްސަލަ ރޭ ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އދ. މަހިބަދޫގެ އިންވެސްޓިގޭޝަން ޓީމެއް އދ. ކުނބުރުދޫއަށް ގޮސް ކުރި މަސައްކަތުން ގެއްލުނު ފައިސާ މިހާރު ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފައިސާތައް ހޯދީ ކޮންތާކުން ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެ މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް