އެޕަލްގެ ސްޓޯތައް މިމަހު ހުޅުވަން ފަށަނީ

އެޕަލް އިން ޗައިނާގައި ހުޅުވާފައިވާ އެޕް ސްޓޯ އެއް --- ފޮޓޯ : ދަ ވާޖް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އެޕަލް ކުންފުނީގެ ސްޓޯތައް މިމަހުގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

އެޕަލް އިން އިއްޔެ ބުނެފައިވަނީ އެކުންފުނީގެ ހިދުމަތްތަކާއި ޕްރޮޑަކްޓުތައް އަލުން ފޯރުކޮށްދޭން ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެމެރިކާގައި އެ ހިދުމަތްތައް ތައާރަފުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް އެޕަލް އިން ބުނެއެވެ.

އެޕަލް އިން ބުނީ ވީ އެންމެ އަވަހަކަށް އެޕަލް ސްޓޯތައް ހުޅުވާނެ ކަމަށެވެ. އެގޮތުން އެންމެ އަވަހަށް އެމެރިކާގައި ސްޓޯއެއް ހުޅުވޭނެ ދުވަހަކީ ހޯމަ ދުވަސް ކަމަށް އެޕަލް އިން ބުނެއެވެ.

އެޕަލްގެ ސްޕޯކްސްޕާސަން އެއް ވިދާޅުވެފައިވަނީ އެކުންފުނީގެ ކަސްޓަމަރުންގެ ގިނަ ބޭނުންތަކެއް އެބަހުރި ކަމަށެވެ. އަދި ކުންފުނިވެސް، ކަސްޓަމަރުން މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

އެހެންނަމަވެސް އެންމެ ފުރަތަމަ އެޕަލް އިން ހުޅުވާނީ މަދު ސްޓޯތަކެއް ކަމަށް އެޕަލް އިން ބުންޏެވެ. އެގޮތުން ލޮކްޑައުންގެ އަމުރުގައި ދޫ ދީފައިވާ ސަރަހައްދުތަކުގައި އެންމެ ފުރަތަމަ އެޕަލް ސްޓޯތައް ހުޅުވާނެ ކަމަށް އެޕަލް އިން ބުނެފައިވެއެވެ.

ސްޓޯތައް ހުޅުވި ނަމަވެސް އެ ސަރަހައްދުތަކުގެ ހާލަތު މޮނިޓާކޮށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހާލަތަށް ރިއާޔަތްކޮށް އަލުން ސްޓޯތައް ބަންދުކުރަން ޖެހުނަސް އެ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް