53 އަހަރުގެ މީހަކު ކުޑަފިރިހެން ކުއްޖަކާ ބެހެން ހުއްޓާ ހައްޔަރުކޮށްފި

ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް ޖެނުއަރީ މަހުގައި މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 53 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައި ވަނީ މަތި އުތުރުގެ ފުލުހުންގެ ޑިވިޝަން ނުވަތަ ހއ. އާއި ހދ. އަދި ށ. އަތޮޅު ހިމެނޭ ހިސާބުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 53 އަހަރުގެ މީހަކީ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން 53 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 01:25ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

ކުޑަކުދިންނާ ގުޅުންހުރި ކޮންމެ މައްސަލައަކީވެސް ސީރިއަސް މައްސަލަތަކަށް ވާތީ އެކުދީން ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް ފުލުހުން ވަނީ މީގެކުރީންވެސް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް