"އެކްސްޓްރެކްޝަން"ގެ ދެވަނަ ބައެއްވެސް އަންނާނެ!

ފިލްމުގެ މަންޒަރެއް---

ނެޓްފްލިކްސް ގެ ހިޓް ފިލްމު "އެކްސްޓްރެކްޝަން"ގެ ސީކުއަލެއް އަންނާނެކަމަށް ހަބަރުތައް ބުނެފި އެވެ.

ހޮލީވުޑްގެ ކާމިޔާބު އެކްޓަރު ކްރިސް ހެމްސްވޯތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލައި އެ ފިލްމުގެ ސީކުއަލެއް ގެނެސްދޭން ނިންމީކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ މަހު 24 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރި އެ ފިލްމުގެ ސްކްރީން ރައިޓަރު ލިޔުނު ޖޯ ބުނީ ފިލްމުގެ ދެވަނަ ބައިގެ ވާހަކަ ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ ފިލްމު ނިންމާލާފައިވާ ގޮތުން ވެސް ވާހަކަ ކުރި ފަޅުވައިގެން ދެވަނަ ބައެއް ގެނައުމަށް މާ އުނދަގުލެއް ނުވާނެ ކަމަށެވެ. އެކްސްޓްރެކްޝަންގެ ޑައިރެކްޓަރުންނަކީ އެންތަނީ އާއި ޖޯސެފް ރުޒޯ އެވެ.

ހޮލީވުޑާއި ބޮލީވުޑްގެ މީހުން މަސްހުނިކޮށްލައިގެން އުފެއްދި އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

comment ކޮމެންޓް