އަހަރުނުވާ ކުއްޖެއްގެ ސާމްޕަލް ދޭން މައިންބަފައިންގެ މައްޗަށް އަމުރުކޮށްފި

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް އަހަރު ނުވާ ކުޑަކުއްޖަކު ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭން އެކުއްޖާގެ މައިންބަފައިން ދެކޮޅު ހެދުމުން، ސާމްޕަލް ދިނުމަށް އަންގައި އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން ބުނީ ކުއްޖާގެ ސާމްޕަލް ނެގުމަށް މަގުފަހިކޮށް އެއްބާރުލުން ދީ ސާމްޕަލް ނަގަން ހުރަސް ނޭޅުމަށް އަންގައި އަމުރެއް ނެރެފައިވާނެ ކަމަށެވެ. އަދި ސާމްޕަލް ނަގަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށްވެސް އަމުރެއް ނެރިފައިވާނެ ކަމަށް ކޯޓުން ބުންޏެވެ.

ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި ހަތަރު މީހެއްގެ ސާމްޕަލް ނަގަން ރޭވެސް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. އަދި ސާމްޕަލް ދޭން ދެކޮޅު ހެދި ބައެއް މީހުން ހައްޔަރުވެސް ކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް