"އެލީޓް 4" އޮތީ އަންނަ އަހަރަށް

އެލީޓްގެ ޕޯސްޓަރެއް---

ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ހަތަރު ވަނަ ސީޒަން އަންނަ އަހަރު ކުރީކޮޅު ފެންނާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

އެލީޓްގެ ހަތަރު ވަނަ ސީޒަން އަންނަ އަހަރު ކުރީކޮޅު ފެންނާނެ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ސީރީޒްގެ ތިން ވަނަ ސީޒަން މިއަހަރު ދެއްކިއިރު އެ ސީޒަން ނިމުނީ އެލީޓްގެ ކެރެކްޓާ އެލްވާރޯ ރިކޯ (ޕޯލޯ) މަރުވެގެންނެވެ.

އެލީޓްގެ ހަތަރުވަނަ ސީޒަނެއް އައި ނަމަވެސް އެ ސީޒަނުގައި ސީރީޒްގެ އޮރިޖިނަލް ކާސްޓް ނުފެންނާނެ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.

ސްޕެނިޝް ހައި ސްކޫލު ޑްރާމާ ވަނީ ބޮޑު ހިޓަކަށް ވެފަ އެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރު ވަނީ ސްޓްރީމްކޮށްފަ އެވެ. އަދި ދެވަނަ ސީޒަން ވަނީ މިދިޔަ އަހަރު ރިލީޒްކޮށްފަ އެވެ.

comment ކޮމެންޓް