"ސްޓްރޭންޖާ ތިންގްސް 4" ފިތްކަނޑައިގެން ދާނެ!

ސްޓްރޭންޖާ ތިންގްސް ގެ ޕޯސްޓަރެއް----

ނެޓްފްލިކްސްގެ ހިޓް ޝޯ "ސްޓްރޭޖާ ތިންގްސް" ހަތަރު ވަނަ އެހެން ސީޒަންތަކަށްވުރެ މާ ބިރުވެރިވެފައި ރީތި ވާނެ ކަމަށް ސީރީޒްގެ އެކްޓަރު ޖޯއީ ކީރީ ބުނެފިއެވެ.

އޭނާ ބުނީ މި ސީޒަނަށް ވަރަށް ބޮޑުތަން މަސައްކަތްކުރި ކަމަށާއި އާންމުންނަށް ރަނގަޅު ކޮންޓެކްޓެއް ގެނެސްދިނުމަށް ހުރިހާ އެކްޓަރުން ވެސް ބުރަ މަސައްކަތްކޮށްފައި ހުންނާނެ ކަމަށެވެ. އޭނާ ބުނީ މި ފަހަރުގެ ސީޒަންގައި ތަފާތު ޓްވިސްޓެއް އަންނާނެ ކަމަށާއި މި ސީޒަނުގައި ހޮޕާގެ ބެކް ސްޓޯރީ ކިޔައިދޭނެ ކަމަށެވެ.

ތިން ވަނަ ސީޒަން ނިމުނުއިރު ގިނަ ބަޔަކު ހީކޮށްގެން ތިބީ ހޮޕާ މަރުވީކަމަށެވެ. ނަމަވެސް ހަތަރު ވަނަ ސީޒަންގެ ޓީޒާގައި ހޮޕާ ފެނުމުން ސްޓޭންޖާ ތިންގްސް ގެ ފޭނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

އެ ޝޯގެ ހަތަރު ވަނަ ސީޒަން ރިލީޒްކުރާނެ ތާރީހެއް ނެޓްފްލިކްސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ސްޓްރޭންޖާ ތިންގްސް ގެ ހަތަރު ވަނަ ސީޒަން ނެޓްފްލިކްސް އަށް އަންނާނީ މި އަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ފެށޭކޮޅުގައެވެ.

comment ކޮމެންޓް