އިތުރު ދެމީހަކު ކަރަންޓީނަށް ގެންދަން ސިވިލްކޯޓުން އަމުރު ކޮށްފި

މާލޭ އިއްޒުއްދީން ފާލަމުގައި ގާއިމު ކޮއްފައިވާ ފްލޫ ކްލިނިކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހެދި ދެމީހަކު ކަރަންޓީީނަށް ގެންދިޔުމަށް ސިވިލްކޯޓުން އަމުރު ނެރެފި އެވެ.

މީގެ ކުރިން ވެސް އެ ކޯޓުން ވަނީ ސާމްޕަލް ނެގުމަށް ދެކޮޅުހެދި މީހުންނާއި ކަރަންޓީނަށް ދިޔުމަށް ދެކޮޅުހެދި މީހުން ކަރަންޓީނަށް ގެންދިޔުމަށް އަމުރު ނެރެފަ އެވެ.

ސިވިލްކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓީނަށް ދިޔުމަށް ދެކޮޅުހެދި ދެ މީހަކު ކަރަންޓީނު ފެސިލިޓީއަށް ގެންދިޔުމުގެ އަމުރު މިރޭ ނެރެފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން ކަމާ ބެހޭ ފަރާތްތަކަށް އެންގިދާނެ އެވެ. އެކަމަށް ދެކޮޅު ހަދައިފި ނަމަ ސިވިލް ކޯޓުން ނެރޭ އަމުރެއް ފުލުހުން ތަންފީޒް ކުރަން ޖެހޭނެ އެވެ.

މިހާތަނަށް ރާއްޖެއިން 573 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ.

comment ކޮމެންޓް