ބޭރުގެެ ކުންފުންޏަކުން ރާއްޖެއަށް މާސްކު ހަދިޔާކޮށްފި

ބޭރުގެ ފަރާތަކުން ހަދިޔާކުރި ފޭސްމާސްކުތައް ހަވާލުކުރުން --

ލިންބެގް ހޯލްޑިންގް ކުންފުނީގެ ފަރާތުން ރާއްޖޭގައި ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ފޭސްމާސްކް ހަދިޔާ ކޮށްފިއެވެ.

މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ. މިތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 60،000 ފޭސް މާސްކެވެ.

ލިންބެގް ހޯލްޑިންގެ ފައުންޑަރު ޑާޓަކް ވިރާ ލިންގް ކާ ޗޮކް އަކީ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުވެސް މެއެވެ. ގްރޭންޑާ އިންޓަނޭޝަނަލް އަކީ ރާއްޖޭގައި އޮޕަރޭޓުކުރާ ހޮލިޑޭ ޑިވެލޮޕްމެންޓް ކުންފުންޏެކެވެ. މެންބަރު ނާޒިމް އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

ލިންގް ކާ ވަނި ރާއްޖޭގައި ކޮވިޑް 19 އާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކާއި އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށް ތައުރީފު ކުރައްވައިފައެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގްތިސޯދު ކޮޅަށްޖެހުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް