މަނަދޫ ކޭސްއާ ގުޅިގެން އެރަށުން ނެގި ހުރިހާ ސާމްޕަލް ނެގެޓިވް

ނ. މަނަދޫ: އެރަށުން ނެގި ހުރިހާ ސާމްޕަލް އެއްވެސަް ނެގަޓިވް --

ނ. މަނަދޫ އުމުރުން 80 އަހަރުގެ އަންހެނަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށުން ނެގި ހުރިހާ ސާމްޕަލް އެއް ނެގަޓިވް ކަމަށް ނ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އުމުރުން ދުވަސްވީ އެމީހާ ޕޮޒިޓިވްވިކަން އެނގުނީ، ބަޑަށް ތަދުވާތީ އައިޖީއެމްޗަށް ޑރ. ދެއްކުމުން ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.

ނ. އަތޮޅު ހޮސްޕޮޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ އެ ކޭސްއާ ގުޅިގެން އެރަށޫން ޖުމްލަ ހަ މީހެއްގެ ސާމްޕަލް ނެގި ކަމަށެވެ. އަދި އެ އެންމެގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށް ޝަފީއު ވިދާޅުވި ވެވެ.

"ހޮސްޕިޓަލުގެ ދެ މުވައްޒަފަކާއި އާންމުގެ ތެރެއިން ހަތަރު މީހެއްގެ ސާމްޕަލް ނެގި. އެ އެންމެންގެ ނަތީޖާވެސް ނެގެޓިވް،" އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.

https://sun.mv/135909

އޭނާ ވިދާޅުވި ގޮތުގައި ވައިރަހަށް ޕޮޒިޓިވްވި އަންހެން މީހާގެ ފަރާތުން ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި އިރުވެސް ވައިރަހުގެ އެއްވެސް އަލާމާތެއް ނުފެނެވެ.

އެ އަންހެން މީހާ ޓެސްޓް ކުރީ، އައިޖީއެމްއެޗުން މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން ރެންޑޮމްކޮށް ނެގި ސާމްޕަލްގެ ތެރެއިން ކަމަށް މީގެ ކުރިން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި މިހާރު ފަރުވާ ދެމުންދާ ހަ މީހުންގެ ތެރޭ އެ އަންހެން މީހާ ހިމެނެ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ރޭ އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މަނަދޫ އިން ނެގި ހުރިހާ ސާމްޕްލް އެއް ނެގަޓިވްވި އިރު، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އަމާޒު ބޯޓުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ށ. ނަރުދޫ އިން ފަހުން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފަ އެގޮތުން އެރަށުން ނެގި 52 މީހުންގެ ތެރެއިން މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ފިޔަވާ އެންމެންގެ ނަތީޖާ ވަނީ ނެގަޓިވްވެފަ އެވެ. މީގެ ކުރިން އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 11 އެވެ.

comment ކޮމެންޓް