ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް އައްޑޫ އަދި ފުވައްމުލަކުގައި ޝަރީއަތްތައް ފަށައިފި

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ އައްޑޫ ގޮފީގައި ވިޑިއޯ ކޮންފަރެންސްގެ ނިޒާމެއް ގާއިމުކުރެވި އެންމެ ފުރަތަމަ ފަހަރަށް ވިޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ޝަރީއަތް ބާއްވައިފިއެވެ.

ޕީޖީ އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓްއިން ކުރި ޓްވީޓެއްގައި ވަނީ މި ނިޒާމުގެ ސަބަބުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ކޯޓުތަކުގައި އޮންލައިންކޮށް ޝަރީއަތް އަދި ބަންދުގެ މުއްދަތު އަޑުއެހުންތައް ކުރިޔަށް ގެންދިޔުމަށް މިހާރު މަގުފަހިވެފައިވާކަމަށް ބުނެފައެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މިއީ ތާރީޚީ ކުރިއެރުމެކެވެ. އަދި މިފަދަ އެންމެ ފުރަތަމަ ޝަރީއަތުގެ މަރުހަލާގެ މައްސަލައެއް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ކުރިއެރުމާ ބެހޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ނިޒާމުގެ ބުރަހެލިކަން ފިލުވާލުމަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ހިފަންޖެހިފައިވާކަމަށެވެ.

ޕީޖީ ޝަމީމް ވަނީ ފުރަބަންދުގެ ހާލަތުގައި އޮތް ކުޅުދުއްފުށި ސިޓީގައި އެހާލަތު މަޑުޖެހުމުން މިފަދަ ނިޒާމެއް ގާއިމުކުރެވިގެންދާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ކޯޓުން ޝެޑިއުލްކޮށްފި ހިނދެއްގައި މިހާރުވެސް ޕީޖީ އޮފީހުން ހާޒިރުވާނެކަމަށް ޕީޖީ ޝަމީމު ވަނީ ޓްވިޓާގައި ވިދާޅުވެފައެވެ.

comment ކޮމެންޓް