ވިލިނގިލި ބަނދަރުގެ މަސައްކަތް ނިންމާލައިފި

ގއ ވިލިނގިލި -- ފޮޓޯ: އެމްޓީސީސީ

ގއ ވިލިނގިލި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ފެށި މި މަސައްކަތުގެ ދަށުން އެރަށުގެ ފަޅުން 7985 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި 346 މީޓަރުގެ ސަރަހައްދެއްގައި ބްރޭކް ވޯޓާ ގާއިމް ކޮށްފައިވެއެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓުގެ ދަށުން ބަނދަރުގައި ލައިޓް ހަރުކޮށް 30 މީޓަރުގެ ފާލަމެއްވެސް ވަނީ ގާއިމް ކޮށްފައެވެ.

މި ޕްރޮޖެކްޓަށް 10.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

comment ކޮމެންޓް