ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު އެނބުރި ގައުމަށް

ރާއްޖޭގައި ތިބި ތައިލެންޑުގެ 131 މީހަކު އެނބުރު ގައުމަސް ފުރުން -- ފޮޓޯ: ތައި ކޮންސިއުލޭޓް

ރާއްޖޭގައި ތިބި ތައިލެންޑު މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 131 މީހަކު ފުރައިފި އެވެ.

މި މީހުން ފުރާފައި ވަނީ މޯލްޑިވިއަންގެ ބޯޓެއްގަ އެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ބުނީ، ރާއްޖޭގައި މިވަގުތު ތައިލެންޑު ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް ބޭއްވި ދެވަނަ ރެޕަޓްރިއޭޝަން ފްލައިޓަކީ ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ އާއި ގުޅިގެން ބޭއްވި ފްލައިޓެއް ކަމަށެވެ.

މޯލްޑިވިއަން އިން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ރެސްކިޔު ފްލައިޓުތައް ވަނީ ބާއްވައިފަ އެވެ. އެގޮތުން ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއި ފަތުރުވެރިން ގެންދިޔުމަށް އެކި ފަހަރު މަތިން ފްލައިޓުތައް ބާއްވާފައިވެ އެވެ.

comment ކޮމެންޓް