ހިމަންދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ހިމަންދޫ -- ފޮޓޯ: އެމްޓީސީސީ

އއ ހިމަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

ހިމަންދޫ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް ތިންވަނަ ދުވަހު އަމަލީ މަސައްކަތް ފެށި ހިމަންދޫ ބަނދަރު ޕްރޮޖެކްޓުގެ ދަށުން އެރަށުގެ ފަޅުން 28،030 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވެ އެވެ.

މީގެ އިތުރުން 405 މީޓަރުގެ ބްރޭކްވޯޓާ އަކާއި 141 މީޓަރުގެ ރިވެޓްމެންޓު ޖަހާފައިވެއެވެ. އަދި ބަނދަރުގައި ލައިޓު ހަރުކޮށް، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ގާއިމްކޮށްފައިވެއެވެ.

ހިމަންދޫ ބަނދަރު ތަރައްގީކޮށްފައިވަނީ ތިން މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި ރޭމްޕަކާއެކުއެވެ.

މި ޕްރެޖްކްޓަށް 47.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

https://sun.mv/117609

comment ކޮމެންޓް