ކުރިއަށް އޮތް ދެހަފްތާގައި އެމްއައިބީ ހުޅުވާނީ ހޯމަ އަދި ބުދަ ދުވަހު

އެމްއައިބީ: އަންނަ ދެ ފަހްތާ އެ ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކާއި ގަޑިތައް ވަނީ އިއުލާންކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދެ ހަފްތާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވާނީ ހޯމަ އަދި ބުދަ ދުވަހު ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

މާލޭގައި ފުރަބަންދުގެ ހާލަތު ދެ ހަފްތާއަށް އިތުރުކޮށްފައިވާ އިރު، މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނި ގޮތުގައި ކުރިއަށް އޮތް ދެ ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު އެ ބޭންކު ހުޅުވާނީ ހެދުނު 9:30 އިން މެންދުރު 12:30 އަށެވެ.

އަދި އެ ދުވަސްތަކުގައި ބޭންކުން ފޯރުކޮށްދޭނީ ކޮންމެހެން ދޭންޖެހޭ މުހިންމު ހިދުމަތްތައް އެކަނި ކަމަށާއި އެހެނިހެން ހިދުމަތްތައް ވާނީ މެދުކަނޑާލެވިފައި ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އެމްއައިބީން ބޮޑަށް ބާރު އަޅަމުން ދަނީ އޮންލައިންކޮށް ހިދުމަތްތައް ބޭނުންކުރުމަށެވެ

ވިހި ހާސް ރުފިޔާއަށް ވުރެން ދަށް އަދަދުގެ ފައިސާ ނަގާ ނަމަ އޭޓީއެމް ބޭނުންކުރުމަށް ވަނީ އެދިފަ އެވެ. އަދި ރުފިޔާއާ ޖަމާކުރުމަށް ވެސް އޭޓީއެމް ބޭނުންކުރުމަށް އެމްއައިބީން އެދެއެވެ. އޭގެ އިތުރުން ޗެކް ކްލިއަރަންސްއަށް ބޭނުން ކުރަން ޖެހޭނީ މައި އޮފީހުގެ އޭޓީއެމް ސެންޓަރުގައި ހުންނަ ޑްރޮޕް ބޮކްސް އެވެ.

ބޭންކު ހުޅުވާ ހިދުމަތް ދެއްވި ކަމުގައިވިޔަސް އެ ބޭންކުގެ އޮންލައިން އެޕްލިކޭޝަނުން ފައިސާމޮބައިލް މެދުވެރިކޮށް ލިބިލައްވާ ހިތދުމްތައް ބޭންކަށް ވަޑައިނުގެން ހޯއްދެވުމަށް އެމްއައިބީން ބާރު އަޅުއްވައެވެ. އަދި ޓީޓީ ކުރައްވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ފޯމް ހުށަހެޅުއްވުމަށްފަހު ބޭނުންވާ ލިޔެކިޔުން [email protected] އަށް އީ މެއިލް ކުރެއްވުމުން ބޭންކުން ޓީޓީ ފޯރމު ޕޮރެސްސްކުރާނެކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ރޯދަ އެލަވަންސްއާއި މުސާރަ ޖަމާ ކުރުމަށް އެދޭ ފަރާތްތަކުން ލިޔެކިޔުންތައް [email protected] މެއިލް ކުރުމަށް އެމްއައިބީން ވަނީ އެދިފަ އެވެ. އަދި އިތުރު މައުލޫމާތެއް ބޭނުންނަމަ ބޭންކު ހުޅުވާފައި ހުންނަ ގަޑިތަކުގައި 3011104, 3011146 ،3012286 މި ނަންބަރުތަކަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ

comment ކޮމެންޓް