ކޮލޯންގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ކޯލޯންގެ ހޯމް ސްޓޭޑިއަމް ---

ޖަރުމަނުގެ ބުންޑެސް ލީގާގައި ވާދަކުރަމުން އަންނަ ކޮލޯންގެ ދެ ކުޅުންތެރިޔަކާއި، ކުލަބުގެ ފިޒިއޯތެރަޕިސްޓަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރޮޕުގެ ފުޓުބޯޅަ މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ބައެއް ގައުމުތަކުން އަންނަނީ ފުޓުބޯޅަ ލީގުތައް ކެންސަލް ކުރަމުންނެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަންވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.

އެހެން ނަަމަވެސް އިނިގިރޭސިވިލާތާއި، ސްޕެއިން އަދި ޖަރުމަނުގެ އިތުރުން އިޓަލީން އަންނަނީ ލީގަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ލައްވާ ހާއްސަ ފަރިތަކުރުންތަކެއް ވެސް ކުރުވަމުންނެވެ. އަދި އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ޕްރެކްޓިސް ފަށައި، ޖޫންގެ ކުރިން ލީގުގެ މެޗުތައް ފެށޭ ވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.

ޕްރެކްޓިސްތަށް ފެށުމުގެ ކުރިން ހުރިހާ ކުލަބެއްގެ ހުރިހާ ކުޅުންތެރިންނާއި، މެނޭޖްމެންޓުގެ ސްޓާފުން ކޮރޯނާއަށް ވަައިރަހަށް ޓެސްޓް ކުރުމަށް ލީގުތަކުން ވަނީ ނިންމާފަ އެވެ. އެގޮތުން ޖަރުމަނު ލީގުގެ ކުޅުންތެރިންތައް ޓެސްޓް ކުރުމުގެ ތެރޭގައި އެ ލީގުގައި ވާދަކުރާ ކޯލޯންގެ ތިން ކުޅުންތެރިޔަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.

މީގެ ސަބަބުން ލީގު ފަށާނެ ތާރީހަށް އިތުރު ލަސްކަމެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެން ނަމަވެސް ޕޮޒިޓިވްވި ކުޅުންތެރިން ނުހިމަނާ ޕްރެކްޓިސްތަށް ފަށާނެ ތާރީހު އައުމުން ފަށާނެ ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން މިހާރު މަޝްވަރާ ކޮށްފައި އޮތް ގޮތުން ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ޕޮޒިޓިވްވެފައިވާ ކުޅުންތެރިން ކަރަންޓީން ހަމަކުރުމަށްފަހު ކުލަބާއި ގުޅޭނެ ކަމަށް ކޯލީން އިން ބުނެ އެވެ.

ކޮރޯނާ ވައިރަހުގެ ޕޮޒިޓިވް ކޭސްތަކެއް ޖަރުމަނުން ވެސް ފެންނަން ފެށުމާ އެކު މާޗް މަހުގެ ކުރީކޮޅު ވަނީ އެގައުމުގެ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. ލީގު އޭރު މެދުކަނޑާލި އިރު ކޯލީން އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.

comment ކޮމެންޓް