ކޭކު ނޭޅިގެން ހާސްނުވޭ، މިއޮތީ ލޮކްޑައުން ކޭކް ރެސިޕީއެއް!

ރޯދަ މަހު އެންމެ ގިނައިން ތައްޔާރުކޮށްލެވޭނެ އެކައްޗަކީ އެކި ވައްތަރުތަކުގެ ކޭކެވެ. އާންމުކޮށް ކުޑަކުދިން އުޅޭ ގެއެއްނަމަ މިއީ ހަމަ '"މަސްޓް ހޭވް" އެކެވެ. އެކަމަކު ކޭކު ހަދާނެ އިންގްރިޑިއަންޓްސް ނުލިބިގެން ހާސްވެ ކަންބޮޑުވެގެން އުޅޭނެކަމެއް ނެތެވެ. މިއަދު "ސަން ބަދިގޭގައި" ލިއުޝާ ތައްޔާރުކޮށްދެނީ "ލޮކްޑައުން ކޭކް"އެވެ.

މިއީ ފަސޭހަ، ތަފާތު އަދި އެހާމެ ކްރިއޭޓިވް ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި

  • ކުކީސް (ބޭނުން ވައްތަރެއްގެ 1 ޕެކެޓް)
  • 2 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑާ
  • ޗޮކްލެޓް ސްޕްރެޑްއެއް (ކްރަމްޕީ ފަދަ)
  • 1 ޖޯޑު ކޮކޯ ޕައުޑަރު
  • 1 ތަށި ހޫނު ކިރު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ އެމީހަކު ބޭނުންކުރާ ކުކީސްތައް ހިމުންކޮށް މުގުރާލާށެވެ. އެއަށްފަހު އޭގެތެރެއަށް ބޭކިން ޕައުޑަރާއި، ކޮކޯ ޕައުޑާ އަދި ކިރު އެޅުމަށްފަހު ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. އެއަށްފަހު ބޭކިން ޓްރޭއެއްގައި ކުޑަކޮށް ފިހެލާށެވެ. އޯވާބޭކް ނުކުރުމަށް ސަމާލުކަންދޭންވާނެ އެވެ. ކޭކު ފިހެނިމުމުން ޗޮކްލެޓް ސްޕްރެޑް ހާކާލާށެވެ. މި ރެސިޕީގައި "ކްރަމްޕީ" ބޭނުންކޮށްފައި ހުރި ނަމަވެސް، ނިއުޓެލާ ނުވަތަ އެ ނޫން ކޮންމެ ޗޮކްލެޓް ސްޕްރެޑެއް ކަމުދާނެއެވެ. އިތުރަށް ފުރިހަމަކޮށްލާނަމަ ޗޮކްލެޓް ޗިޕްސްކޮޅެއްވެސް ސްޕްރިންކަލް ކޮށްލެވިދާނެ އެވެ.

comment ކޮމެންޓް