ގޮއިދޫއިން ފެހެންދޫއަށް ފަތާފައި ދިޔަ މީހަކު ހައްޔަރުކޮށްފި

އެއްފަޅެއްގައި އޮންނަ ގޮއިދޫ (ކ) އަދި ފެހެންދޫ (ވ) ---

ބ. ގޮއިދޫއާއި ފެހެންދޫ އޮންނަ ފަޅުތެރެއިން ފަތާފައި ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި އެމީހާ ހައްޔަރުކުރީ ގޮއިދޫއިން ފެހެންދޫއަށް ފަތާފައި ދިއުމަށްފަހު އެނބުރި ގޮއިދޫއަށް ދަނިކޮށް ފަޅުތެރެއިން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު ވަކި އުސޫލެއްގެ ދަށުން ނޫން ގޮތަކަށް އެއްރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މީގެ ކުރިން ވެސް ރަށްރަށުން މީހުން ފައިބައިގެން އެހެން ރަށްތަކަށް ދާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް