ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ވަޅަށް ވެއްޓި މަރުވެއްޖެ

ކަނޑުހުޅުދޫގައި ކުޑަކުއްޖާ ވެއްޓުނު ވަޅު -- ފޮޓޯ/ ޕޮލިސް

ގއ. ކަނޑުހުޅުދޫގައި އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި މަރުވެފައިިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 11:00 ހާއިރު ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެކުއްޖާ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، ކުއްޖާ ވަޅަށް ވެއްޓިފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ.

ރަށު ކައުންސިލާ ނުގުޅޭތީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ލިބޭގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް