ތިނަދޫގައި މަރުވި މަޑަވެލި މީހާ ކޮވިޑް-19އަށް ނެގެޓިވް

ގދ. މަޑަވެލި: --

ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މީގެ ދެ ދުވަސް ކުރިން މަރުވި އުރުމުން ދުވަސްވީ މީހާގެ ކޮވިޑް ޓެސްޓު ނެގެޓިވް ކަމަށް އާއިލާ އިން ބުނެފި އެވެ.

މިމަހުގެ 28 ވަނަ ދުވަހު ތިނަދޫގައި މަރުވި މަޑަވެލި އާގެ، އުމުރުން 87 އަހަރުގެ ހަސަން އަހުމަދު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސާރީ ކޭސް އެއް، ނުވަތަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނެއްގެ ގޮތުގައެވެ.

ކްރިޓިކަލް ހާލަތުގައި މަރުވާމީހުންގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ނުފެނުނު ނަމަވެސް، އެމީހުންގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ހަސަން އަހުމަދު މަރުވުމުން ހޮސްޕިޓަލުން އޭނާ އާއި ދޭތެރޭ ކަންތައް ކުރިގޮތާމެދު އާއިލާ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ބަލި މީހަކަށްވުމުން އޭނާ ވަޅުލީ ތަޔައްމުމު ކުރުމަށްފަހުއެވެ. އާއިލާއިން ބުނި ގޮތުގައި، ހަސަން މުހައްމަދު ކޮވިޑަށް ޓެސްޓްނުކޮށް ލަސްކުރި ކަމަށެވެ.

މިކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނީ، މަރުވި ހަސަން އަހުމަދުގެ ފަރާތުން ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ގެ އަލާމާތްތައް ހުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރި ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ސަވަޔަލެންސްގެ ބޭނުމަށް ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައި، މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުން ދަނިކޮށް، އޭނާ ހޯމަ ދުވަހުގެރޭ މަރުވި ކަމަށް ބަޔާނުގައި ބުނެއެވެ.

އާއިލާގެ ފަރާތުން ބުނި ގޮތުގައި ހަސަން މުހައްމަދަކީ، މިއަހަރު ތެރޭ އެއްވެސް ތަނަކަށް ދަތުރުކޮށްފައި ނުވާ މީހެއް ކަމަށާއި، އަދި މަޑަވެއްޔަކީ މީީގެ ކުރިން މޮނިީޓަރިންނަށް ލެވިފައިވާ ރަށެއްވެސް ނޫން ކަމަށެވެ. އަދި މިކަމުގައި ތަފާތު ގޮތަކަށް އަމަލުކޮށްފާއިވާއިރު، ހަސަން މުހައްމަދަށް ފަރުވާދިން ޑރ. އާއި ނަރުހުން ކަރަޓީން ނުކުރަނީ ކީއްވެގެންތޯވެސް އާއިލާ އިން ސުވާލު އުފައްދައެވެ.

ހޮސްޕިޓަލުގެ ބަޔާނުގައި ބުނީ، ހަސަން މުހްއްމަދުގެ ސާމްޕަލް ނެގި ހިސާބުން ފެށިގެން އައިސީޔޫގެ ހުރިހާ މުވައްޒަފުން، އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

https://sun.mv/135737

ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް ދީނީ އިލްމުވެރިންނާއި ސިއްހީ މާހިރުން ގުޅިގެން މިހާރު ވަނީ އެކުލަވާލައިފައެވެ. ބަލި ޖެހިގެން މަރުވާ މީހުން ހިނެވުމުގައި ފެން ބޭނުން ނުކުރާނެއެވެ. ބަދަލުގައި އެމީހުން ތަޔައްމުމު ކުރާނީ އެވެ.

ރާއްޖެއިން ފުރަތަމަ ފަހަަރަށް ކޮވިޑް19 ޖެހިގެން އިއްޔެ ވަނީ މީހަކު މަރުވެފައެވެ. ރޭއިރާކޮޅު މަރުވެފައިވަނީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމް އެވެ. އޭނާ މަރުވީ، ކޮވިޑަށް ޕޮޒިޓިވް ވެފައި ވޭތޯ ބެލުމަށް ސާމްޕަލް ނަގާފައިވަނިކޮށް، ޓެސްޓުގެ ނަތީޖާ ނުލިބި އުޅެނިކޮށެވެ.

ރާއްޖެއިން މިހާތަނަށް 280 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

comment ކޮމެންޓް