ފެނަކައިން ވެސް މީޓަރުގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ

ފެނަކައިން ހިންގާ އިންޖީނުގެއެއް--ފޮޓޯ/ އަސްލަމް އިބްރާޙިމް

ކޮވިޑް19އާއި ގުޅިގެން ފެނަކައިން ފެން މީޓަރުގެ ރީޑިން ނަގަން ދިއުން ހުއްޓާލައި، ރީޑިން ނެގުމަށްޓަކައި މީޓަރުގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ އެވެ.

ފެނަކައިން ބުނީ ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު ފެނާއި ކަރަންޓު ބިލުތަކަށް ރީޑިން ނަގަން ގޭގެއަށް ދިއުމަކީ އެކުންފުނީގެ މުވައްޒަފުންނާއި އާންމުންނަށް ވެސް ރައްކާތެރި ގޮތެއް ނޫން ކަމަށެވެ.

މިހާރު ގައުމަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނާތީ، މީޓަރ ނަންބަރު ފެންނަގޮތައް ފޮޓޯ، އަދި ގޭގެ ނަމާއެކު ވައިބާ މެދުވެރިކޮށް ފޮނުވައިދިނުމަށް ފެނަކައިން ވަނީ އެދިފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިގެ 150 ބްރާންޗުން ހިދުމަތް ދެމުން އަންނައިރު، އެ ރަށެއްގެ ބްރާންޗަކަށް ގުޅުމުން ވައިބާ ކުރަން ޖެހޭ ނަންބަރު ލިބޭނެ ކަމަށް ފެނަކައިން ބުނެ އެވެ.

"މިގޮތަށް ރީޑިން ނުފޮނުވޭ ފަރާތްތައް ރީޑިންގ، މީޓަރ ނަންބަރު އަދި ގޭގެ ނަން ޖެހުމަށްފަހު އެސްއެމްއެސްއެއް ފޮނުވައިދިނުން އެދެން." ފެނަކައިން ބުނެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު ނަޖާހު (9944416) އަށް ގުޅުމުން ލިބޭނެ އެވެ.

comment ކޮމެންޓް