ޖީސީއީ އޯލެވެލް، އެސްއެސްސީ އިމްތިހާނު މިއަހަރު ނުބާއްވަން ނިންމައިފި

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު އަދި ނޮވެމްބަރުގައި ބާއްވަމުން އަންނަ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު މިއަހަރު ނުބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ، އެގޮތަށް ނިންމީ ދެން ސިލަބަސް ކަވަރުކޮށް އެ އިމްތިހާނު ތަކަށް ތައްޔާރުވާން ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ނުލިބޭނެތީ ކަމަށެވެ.

"މި ބަދަލާ ގުޅިގެން ދެން އިމްތިހާނު ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމުގައި ވެސް ދެންނެވީމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބެނެފައިވެއެވެ.

މީގެ އިތުރުން އިތުރުން، ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓުގެ ސުންގަޑިތައް ވެސް އަލުން މުރާޖައާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ މި ބަދަލު ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ނުބާއްވާގޮތަށް ނިންމި ނަމަވެސް، ގްރޭޑް 11 އަދި 12ގެ ދަރިިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީހުތަކަށް އިތުރު ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާކަމަށެވެ.

ކޮރޯނާ އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭއެސް ލެވެލް އިމްތިހާނު މިހާރު ބާއްވަން ނިންމާފައި ވަނީ މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައެވެ.

comment ކޮމެންޓް