"ލޮކް އެންޑް ކީ 2" އަންނަ އަހަރު

ލޮން އެންޑް ކީ ގެ ޕޯސްޓަރެއް---

ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "ލޮކް އެންޑް ކީ"ގެ ދެވަނަ ސީޒަނެއް ގެނެސްދޭނެކަން ނެޓްފްލިކްސް އިން އިއުލާންކޮށްފައިވާއިރު އެ ސީރީޒްގެ ދެވަނަ ސީޒަން އަންނަ އަހަރުތެރޭ ގެނެސްދެވޭ ވަރުވާނެކަމަށް ހަބަރުތައް ބުނެފި އެވެ.

ސީރީޒްގެ މަސައްކަތް މިވަގުތު ވަގުތީ ގޮތުން ހުއްޓިފައި އޮތް ނަމަވެސް އަންނަ އަހަރު މެދުތެރޭ ސީރީޒް ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ. ކޮވިޑް19 އާ ގުޅިގެން ލޮކް އެންޑް ކީ ގެ ޕްރޮޑަކްޝަން މަސައްކަތްވަނީ ހުއްޓިފައެވެ. ދެވަނަ ސީޒަނުން ވެސް ފުރަތަމަ ސީޒަނުން ފެނިގެންދިޔަ ތަރިން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ސީރީޒްގެ ޝޫޓިން ފެށުން ލަސްވި ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި ދެވަނަ ސީޒަނެއް އަންނަ އަހަރުގެ އޮކްޓޯބަރު މަހު އަންނާނެއެވެ.

މިދިޔަ ފެބްރުއަރީ މަހު ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް ދައްކާފައިވާއިރު އެ ސީރީޒް ވެގެން ގޮސްފައިވަނީ ދިވެހިން ވެސް އެންމެ ގިނައިން ބެލި އެ ސީރީޒްއަށެވެ. ނެޓްފްލިކްސްގެ ލިސްޓުގައި "ލޮކް އެންޑް ކީ" އަށް ދެވަނަ ވެސް ވަނީ ލިބިފަ އެވެ.

އާދަޔާ ހިލާފު ގެއަކުން ފެންނަ ތަޅުދަނޑިތަކުގައި ޖާދޫވީ ބާރު ހުންނަކަން ދައްކުވައިދޭ އެ ޝޯ ވަނީ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައެވެ.

comment ކޮމެންޓް