ކޮވިޑް19ގެ ގެއްލުންތަކުން އަރައިގަންނަން ރަޝިއާގެ އެހީތެރިކަމަށް އެދިއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް--

ކޮވިޑް19އިން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކުގައި ރަޝިއާގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ރަޝިއާގެ އެހީއަށް އެދުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ.

ދެ ބޭފުޅުންގެ ވާހަކައިގައި ކޮވިޑް19އާ ދެކޮޅަށް ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި ދެގައުމަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ކޮވިޑް19އިން ރާއްޖެއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ރަޝިއާގެ އެހީތެރިކަމަށް ވެސް މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވި އެވެ.

ހަމައެއާއެކު މިނިސްޓަރު ޝާހިދު ވަނީ މިވަގުތު ރަޝިއާގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ވެސް އޮޅުންފިލުއްވާފަ އެވެ.

comment ކޮމެންޓް