ކޮރޯނާ ވައިރަސް: ނިއުޒީލެންޑްގައި ބަލި ފެތުރުން ކޮންޓްރޯލް ވެއްޖެ

ނިއުޒީލެންޑް---

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ނިއުޒީލެންޑްގައި ކޮންޓްރޯލް ވެއްޖެކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ނިއުޒީލެންޑްގައި ބަލި ޖެހޭ މީހުން ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ބަލި ޖެހިފައިވަނީ އެންމެ މީހަކަށެވެ.

ނިއުޒީލެންޑްގައި ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ ކޮވިޑް އެގައުމުން މިހާރު އެގައުމުން ގާތް ގަނޑަކަށް ނައްތާލެވިފައިވާ ކަމަށެވެ.

އެހެން ނަަމަވެސް އެގައުމުގެ އޮފިޝަލުން ވިދާޅުވީ މިއީ އެގައުމުން ބަލި ފެތުރުން އެއްކޮށް ހުއްޓުނީ ނޫން ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ނިއުޒީލެންޑްގައި ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް މަދަމާއިން ފެށިގެން ބައެއް ކަންތައްތަކަށް ލުޔެއް ދޭން އެގައުމުން ވަނީ ނިންމައިފައވެެ. އެގަތުުން ބައެއް ވިޔަފާރިތަކާއި ސްކޫލްތަކުގެ ބައެއް ކަންތައްތައް ފެށޭނެއވެެ.

އެހެން ނަމަވެސް އަދިވެސް ގިނަ ބަޔަކު ގޭގައި ތިބެން ޖެހޭނެއެވެ.

ނިއުޒީލެންޑްއިން ކޮރޯނާ ޖެހިފައިވަނީ 1500އަށް ވުރެ މަދު މީހުންނަށެވެ. އަދި އެ ބަލިީގައި 19 މީހުން ވަނީ މަރުވެފައެވެ.

ނިއުޒީލެންޑްގައި ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް އެގައުމު ކުރި ހަނގުރާމަ ކާމިޔާބުވެއްޖެ ކަމަށެވެ. އެހެން ނަަމަވެސް އެގޮތުން އޮންނަން އަދިވެސް ވަރަށް ބޮޑަށް ހުށިޔާރުވެތިބެން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނިއުޒީލެންޑްގެ އިތުރުން ޗައިނާއިންވެސް މިހާރު ވަނީ ބަލި އެއްކޮށް ކަހަލަ ގޮތަަކަށް ކޮންޓްރޯލް ވެފައެވެ. އަދި ކޮވިޑްއަށް ފަރުވާ ކުރަމުންދިޔަ އެގައުމުގެ ވޫހާންގެ ހޮސްޕިޓަލްތަކުގައި ތިބި އެންމެން މިހާރު ވަނީ ދުކޮށްލައިފައެވެ.

ބީބީސީ

comment ކޮމެންޓް