ޓެކްސްޓް މެސެޖަކާއެކު އައިފޯން ކްރެޝް ވަނީ

އައިފޯން 11 ސީރީޒްގެ ފޯނެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިއޯއެސްގައި ހިމެނޭ ޓެކްސްޓް މެސެޖް ބަގް އެއްގެ ސަބަބުން އެޕަލް ކުންފުނީގެ އައިފޯންތައް ކްރޭޝްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ދާދި ފަހުން ފެނުނު ބަގް އަކީ "ސިންދީ" ބަހުގެ ކެރެކްޓާ ތަކެއް ހިމެނޭ ޓެކްސްޓެއްގެ ސަބަބުން އައިފޯނުތައް އަމިއްލަ އަށް ތަޅުލެވި ނުކުޅެވޭގޮތްވެ އަމިއްލައަށް ކްރެޝްވާ ބަގް އެކެވެ.

ޓެލެގްރާމް އާއި ޑިސްކޯޑްގެ ސާވާތަކުގައި ދައުރުކުރަމުން ދިޔަ އެ ޓެކްސްޓް ބަގް ވަނީ ގިނަ ބަޔަކު ޓެސްޓުކޮށްފައެވެ. އަދި އެ ބަގްއާ އެކު އައިފޯން ކްރެޝްވާ ކަންވެސް ގިނަ ބަޔަކު ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ބަގް މަސައްކަތްކުރަނީ އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް އައިއޯއެސް 13.4.1 ގެންގުޅޭ ފޯނުތަކަށް ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ.

އެ ބަގްގެ ސަބަބުން ފޯނުގެ ނޮޓިފިކޭޝަންތައް ލޮކް ކޮށްލައެވެ. އަދި ފޯނުގެ ސްކްރީން ބޭނުން ނުކުރެވޭ ގޮތްވެއެވެ.

ނަމަވެސް އެ ބަގް އަކީ "ސަމާސާ" ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ބަގެއް ކަމަށް ބައެއް ފަރާތްތައް ބުނެއެވެ. ސަބަބަކީ އެ ބަގް އަކީ ކުޑަ ހިނދުކޮޅަކަށް ފޯނަށް އަސަރުކުރާ ބަގް އެކެވެ.

އެގޮތުން ޓެކްސްޓް މެސެޖު ބަގް އަތުވެއްޖެނަމަވެސް އައިފޯން ފޯސް ރީސްޓާޓް ކޮށްލުމުން އެ ފޯނު އަލުން ބޭނުންކުރެވޭނެއެވެ. ނުވަތަ ފޯނަށް މިނެޓެއް ދޭށެވެ. އޭރަށް އައިފޯންގެ އައިއޯއެސް ސްޕްރިންގްބޯޑް އަމިއްލައަށް ރިކަވާ ވާނެއެވެ.

comment ކޮމެންޓް